ނިޔާވި 70 އަހަރުގެ އަންހެން މީހާގެ ކޭސް އިތުރަށް ބަލަނީ

ކޮވިޑް-19ށް ޕޮޒިޓިވްވެ ބުދަ ދުވަހުގެ ރޭ ނިޔާވި 70 އަހަރުގެ އަންހެން މީހާގެ ކޭސް އިތުރަށް ބަލަމުންދާ ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ވިދާޅުވީ މި ކޭސް ހިނގައިދިޔަ ގޮތާ ބެހޭ ގޮތުން ވަރަށް ގިނަ ފަރާތްތަކުން ސުވާލު އުފައްދާ ކަމަށާއި، ކަން ހިނގައިދިޔަ ގޮތް އައިޖީއެމްއެޗްގެ އިތުރުން އެޗްއީއޯސީގެ ޓީމުން ބަލަމުންދާ ކަަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ އެ އަންހެން މީހާ އައިޖީއެމްއެޗްއަށް ގެނެވުނީ 1:00ގައި ކަމަށާއި، ނިޔާވި ކަމުގެ ރިޕޯޓު ކުރީ 1:10ގައި ކަމަށެވެ. އަދި ކޮވިޑް-19ށް ސާމްޕަލް ނަގާފައިވަނީ 1:45ގައި ކަމަށާއި، ސަހަރާއަށް ގެންގޮސްފަައިވަނީ 1:50ގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ނިޔާވީ މީހާގެ ކޭސްއާ ގުޅިގެން މިހާތަނަށް 13 މީހަކު ވަނީ ކަރަންޓީނު ކުރެވިފައެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!