އިނގިރޭސިވިލާތުން ލުއިދިން ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭތީ ޕާލިމަންޓުގައި އަޑުއުފުލައިފި

އިނގިރޭސިވިލާތުން، ބައެއް ގައުމުތަކަށް ދަތުރު ކުރުމުގައި ލުއިތަކެއް ދޭން ނިންމި ލިސްޓުގައި ދިވެހިރާއްޖެ ހިމަނާފައިނުވާތީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި މެމްބަރަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ޑޭވިޑް އެމެސް ބުރާސްފަތި ދުވަހު ވިދާޅުވީ ބައެއް ގައުމުތަކަށް ދަތުރު ކުރުމުގައި ލުއިތަކެއް ދޭން ނިންމިއިރު ރާއްޖެ ހިމަނާފައިނުވާތީ އެއީ މުޅިން ރަނގަޅު ނިންމުމެއް ނޫން ކަމަށެވެ.

ރާއްޖެއަކީ ރާއްޖޭގެ ދެ ސިނާއަތަށް ބަރޯސާވެފައިވާ ގައުމެއްކަން ފާހަގަކުރައްވައި ޑޭވިޑް އެމެސް ވިދާޅުވީ ކޮވިޑް-19ގެ މިހާލަތުގައި މިގޮތަށް ރާއްޖެ އެކަހެރިކޮށްފި ކަމުގައިވާ ނަމަ ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށެވެ.

ހައުސް އޮފް ކޮމަންސްގެ ތަޅުމުގައި ހުންނަވާ ވާހަކަ ދައްކަވަމުން، ޑޭވިސް އެމެސްވަނީ ރާއްޖޭއިން އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމާ ބެހޭ ގޮތުން ވެސް ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން އެހެނިހެން ގައުމުތަކުން 5 އިންސައްތަ ޑިއުޓީ ނަގާއިރު، ރާއްޖެއިން 20 އިންސައްތަ ޑިއުޓީ ނަގާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ބަންދު ކޮށްފައިވާ ރާއްޖޭގެ ބޯޑަރު ހުޅުވާނީ މި މަހުގެ 15 ގައެވެ. ފަތުރުވެރިކަމަށް މަރުހަބާ ކިއުމަށް ރާއްޖެ ތައްޔާރުވަމުން އަންނައިރު، ރާއްޖެއަކީ އިނގިރޭސިވިލާތުގެ ގިނަ ރައްޔިތުން ޗުއްޓީ ހޭދުމަށް ކުރުމަށް އައުމަށް އެންމެ ބޭނުންވާ އެއްމަންޒިލްގެ ގޮތުގައި ބޭރުގެ ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!