އިންދައިން ކެނޑުމުން ދިމާވާ މައްސަލަތަކާއި އެކަމާއި ކުރިމަތިލާނެގޮތް

އަންހެނުން އިންދައިން ކެނޑޭހިސާބުން ތަފާތު މައްސަލަތަކާއި ކުރިމަތިލާން ޖެހެއެވެ. މިހެން ދިމާވަނީ އާއްމުގޮތެއްގައި 45 އަހަރުން މަތިވުމުން ދަރިމައިވުމުގެ ނިޒާމަށްއަންނަ ބަދަލުތަކެއްގެ ސަބަބުންނެވެ.

ޗެމްބޫރުގެ ޒެން މަލްޓިސުޕެޝަލިޓީ ހޮސްޕިޓަލުގެ އަންހެނުންގެ ހާއްސަ ޑޮކްޓަރ ޑރ. ވީނާ އޮރަންގަބަދުވާލާ ވަނީ އިންދައިން ކެނޑުމުން ދިމާވާ މައްސަލަތަކާއި އެކަމާއި ކުރިމަތިލާނެގޮތް ކިޔައިދީފައެވެ.

މިގޮތުން އެދުވަސްވަރު ނިދުމުގެ ތެރޭގައި ކުއްލިއަކަށް ދާހިއްލާ ނިދިން ހޭލެވުމަކީ އާއްމުކަމެކެވެ. މިކަމުން އަރައިގަތުމަށް ނިދާ ހެދުމަކީ ތުނި ހެދުމަކަށް ހެދުމަށާއި ފިނިވައިލިބޭ ތަނެއްގައި ނިދުމަށް ޑރ ލަފާދެއްވައެވެ.

ހަށިގަނޑު ހޫނުވެ ހުންވައްތަރު ވާހެން އިހުސާސްވުމަކީވެސް ގާތްކަމެކެވެ. މިއީ ހަށިގަނޑުގެ ހޯމޯނަންއަންނަ ބަދަލުގެ ސަބަބުން ދިމާވާކަމެކެވެ. މިގޮތަށް ހަށިގަނޑު ހޫނުވެފައި ހުންނާނީ މިނެޓުކޮޅަކަށެވެ. އެފަދަ ހާލަތުގައި އަމިއްލައަށް ހަށިގަނޑު ފިނިކޮއްލަންވާނެއެވެ.

ފަލަވުމަކީވެސް މިދުވަސްވަރު ވަރަށްގިނަ އަންހެނުންނަށް ކުރިމަތިލާންޖެހެ މައްސަލައެކެވެ. މިކަމަށް އޮތް ދާއިމީ ހައްލަކީ ގަވައިދުން ކަސްރަތުކޮށް ހެލިފެލިވެއުޅުމެވެ.

އަދި އިންދައިން ކެނޑުމުން ކުރިމަތިފަރާތް ހިކިފައިހުންނަކަން ފާހަގަކުރެވޭނެއެވެ. މޮއިސްޓަރައިޒާއެއްގެ އެހީގައި އަބަދުވެސް ތެއްކޮއްލާފައި ބެހެއްޓުމަކީ ވަރަށްރަގަނޅުކަމެއްކަމުގައި ޑރ ފާހަގަކުރެއެވެ.

މިކަމުގެ ސަބަބުން ކުއްލި ކުއްލިއަށް މީހާގެ މޫޑު ބަދަލުވުމަކީ ކުރިމަތިކލާން އެންމެ އުދަނގޫވާ މައްސަލައެކެވެ. މިއީ ތަފާތު ވިސްނުންތަކުގެ ސަބަބުން ކުރިމަތިވާ ކަމެކެވެ. އެހެން ނަމަވެސް އިއްދައިން ކެނޑޭދުވަސްވަރު މިއީ ވަރަށް އާއްމު ކަމެކެވެ. މިކަމަށް ކުރަންޖެހޭނެ ކަމަކީ ދިރިއުޅުމުގެ ބައެއް ކަންތަށްތަށް ބަދަލުކުރުމެވެ. ގަނޑިން ގަނޑިއަށް ފައިދާހުރި ކާނާ ކެއުމާއި މަދުވެގެން މަހަކު އެއްފަހަރު ސުކުރީނިންގ ނޫނީ ޗެކަޕުހެދުން ވަރަށް މުހިއްމެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!