ބީއެމްއެލްގެ 2 މުވައްޒަފަކު ޕޮޒިޓިވް ވެއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ދެ މުވައްޒަފެއް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ރަފީގް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ބީއެމްއެލްގެ ދެ މުވައްޒަފެއް މިއަދު ފެނުނު ޕޮޒިޓިވް ކޭސްގެ ތެރެއިން ފެނިފައިވާ ކަމަށެވެ. މިއަދުގެ މިކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބީއެމްއެލް ކޭސްގެ އިތުރުން މިއަދު ޓްރީޓޮޕް ހޮސްޕިޓަލުގެ ނަރުހަކާއި އައިޖީއެމްއެޗްގެ ނަރުހެއްވެސް ވަނީ ޕޮޒިޓިވްވެފައެވެ. އަދި ދަރުމަވަންތަ ސްކޫލަގެ މުވައްޒަފަކާއި ރައްޔިތުން މަޖިލީހުގެ ޑްރައިވަރަކާއި އެފްއޭއެމްގެ މުވައްޒަފަކާއި ހުޅުމާލެގައި ހުރި ޖިމްއަކާ ގުޅުންހުރި 8 ކޭސެއް ފެނިފައިވާ ކަަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ އެކަކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!