ލުއި ދިނީމަ މިހާރު މި ފެންނަނީ އެއްވެސް ބަލައިލުމެއް ނެތި އުޅޭ ތަން ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑާ ގުޅިގެން ލޮކްޑައުންކޮށްފައި އޮތުމަށްފަހު ލުއި ދިނުމަށް ނިންމާ ވަރަށް ބޮޑެތި ލުއިތަކެއް ދީފައިވީ ނަމަވެސް ގިނަ ބަޔަކަށް ހަނދާންނެތި އެއްވެސް ވަރަކަށް ބަލާނުލާ އުޅޭ ތަން ފެންނަ ކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. މަގުމަތީގައި އަންހެނުނަށް ވުރެ ގިނައިން ފެންނަނީ ފިރިހެނުން ނުކުމެ އުޅޭ މަންޒަރު ކަމަށާއި ރޯގާ ޖެހި ގިނައިން ބަލިވަނީވެސް ފިރިހެނުން ކަމަށް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ.
މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގްލަދޭޝްގެ 2 މީހުންނާއި އިންޑިއާގެ އެކަކެވެ. ބަލި ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދު 2553 އަށް އަރާފައިވާ އިރު މި ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2227 އަށް އަރާފައެވެ.
މިހާރު ފެންނަ ކޭސްތަކުގެ ތެރެއިން ޑޭޓާއަށް ބަލާލާއިރު ޕޮޒިޓިވްވާ ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގް އިތުރުވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެ ގޮތުން އެއް ކްލަސްތާއަށް ބަލާލައިފި ނަމަ އެކެއްގެ 33 ކޮންޓެކްޓް ފެންނަ ކަމަށާއި އިތުރު މީހެއްގެ 23 ކޮންޓެކްތް އަދި އިތުރު މީހެއްގެ 74 މީހުން ކޮންޓެކްޓްސްގެ ގޮތުގައި ފެންނަން އެބަހުރި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.