ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން އެކަކުގެ ކޮންޓެކްޓްސްގެ ގޮތުގައި 74 ފަރާތެއް

މިހާރު ފެންނަ ޕޮޒިޓިވް ކޭސްތަކުގެ ތެރެއިން އެކަކުގެ ކޮންޓެކްޓްސްގެ ގޮތުގައި 74 ފަރާތެއް ފެނިފައިވާ ކަަމށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ، މިހާރު ޕޮޒިޓިވްވާ މީހުން އިތުރުވާ އިރު ގުޅުމެއް ނެތް ކޭސްތައް އިތުރުވަމުންދާ ކަމަށެވެ. އެ ގޮތުން މިއަދު ފެނުނު 36 ކޭސްތަކުގެ ތެރެއިން 14 މީހުންނަކީ އެއްވެސް ކޭސްއަކާ ގުޅުމެއް ނެތް ކޭސްތަކެއް ކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.

މިހާރު ފެންނަ ކޭސްތަކުގެ ތެރެއިން ޑޭޓާއަށް ބަލާލާއިރު ޕޮޒިޓިވްވާ ފަރާތްތަކުގެ ކޮންޓެކްޓް ޓްރޭސިންގް އިތުރުވަމުންދާ ކަން ފާހަގަކުރެވިފައިވާ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ. އެ ގޮތުން އެއް ކްލަސްތާއަށް ބަލާލައިފި ނަމަ އެކެއްގެ 33 ކޮންޓެކްޓް ފެންނަ ކަމަށާއި އިތުރު މީހެއްގެ 23 ކޮންޓެކްތް އަދި އިތުރު މީހެއްގެ 74 މީހުން ކޮންޓެކްޓްސްގެ ގޮތުގައި ފެންނަން އެބަހުރި ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.

މާޅެ ސަރަހައްދުގައި ކޮވިޑާ ގުޅިގެން ލޮކްޑައުންކޮށްފައި އޮތުމަށްފަހު ލުއި ދިނުމަށް ނިންމާ ވަރަށް ބޮޑެތި ލުއިތަކެއް ދީފައިވީ ނަމަވެސް ގިނަ ބަޔަކަށް ހަނދާންނެތި އެއްވެސް ވަރަކަށް ބަލާނުލާ އުޅޭ ތަން ފެންނަ ކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ. މަގުމަތީގައި އަންހެނުނަށް ވުރެ ގިނައިން ފެންނަނީ ފިރިހެނުން ނުކުމެ އުޅޭ މަންޒަރު ކަމަށާއި ރޯގާ ޖެހި ގިނައިން ބަލިވަނީވެސް ފިރިހެނުން ކަމަށް ޑރ. އަފްޒަލް ފާހަގަ ކުރެއްވިއެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 13 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!