ކޮވިޑަށް-19: މިވަގުތު ފަރުވާ ހޯދަމުން ދަނީ 15 ކުދިން

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ ކުދިންގެ ތެރެއިން މިވަގުތު ބައްޔަށް ފަރުވާ ކުރަމުން ދަނީ 15 ކުދިން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ޖެހިފައި ވަނީ 18 އަހަރުން ދަށުގެ ޖުމްލަ 153 ކުދިންނަށެވެ. އޭގެތެރެއިން މިހާރު 138 ކުދިން ބަލިން ރަނގަޅުވެފައި ވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު މި ވަގުތު ބައްޔަށް ފަރުވާ ހޯދަމުން ދަނީ 15 ކުދިންނެވެ.

މިހާރު ފަރުވާ ހޯދަމުންދާ ކުދިންގެ ތެރޭގައި ހިމެނެނީ 1 އަހަރުގެ ތިން ކުދިންނާއި އުމުރުން 2 އަހަރުގެ ކުއްޖަކާއި 3 އަހަރުގެ ދެކުދިންނާއި 6 އަހަރުގެ ކުއްޖަކާއި 7 އަހަރުގެ ކުއްޖެކެވެ. މީގެ އިތުރުން އުމުރުން 9 އަހަރުގެ ކުއްޖަކާއި 10 އަހަރުގެ ދެކުދިންނާއި 11 އަހަރުގެ ކުއްޖަކާއި 12 އަހަރުގެ ކުއްޖަކާއި 15 އަހަރުގެ ކުއްޖަކާއި 16 އަހަރުގެ ކުއްޖެކެވެ.

މިހާރު ކޮވިޑަށް ފަރުވާ ހޯދަމުންދާ 15 ކުދިންގެ ތެރޭގައި ހިމެނެނީ 10 އަންހެން ކުދިންނާއި 5 ފިރިހެން ކުދިންނެވެ.

މިހާތަނަށް ބަލިން 138 ކުދިން ރަނގަޅުވެފައި ވާއިރު އޭގެތެރޭގައި ހިމެނެނީ 64 އަންހެން ކުދިންނާއި 74 ފިރިހެން ކުދިންނެވެ.

ޖުމްލަ 153 ކުދިން ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު އެންމެ ގިނައިން ޕޮޒިޓިވްވެފައި ވަނީ އުމުރުން 11 އަހަރާއި 14 އަހަރުގެ ކުދިންނެވެ. މިހާތަނަށް އުމުރުން 11 އަހަރުގެ 10 ކުދިންނާއި 12 އަހަަރުގެ 17 ކުދިންނާއި 13 އަހަރުގެ 10 ކުދިންނާއި 14 އަހަަރުގެ 11 ކުއްޖަކަށް މިބަލި ޖެހިފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!