މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި ވީމީޑިއާ ބްރޯޑްކޮމްއަށް ހާޒިރުކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމްގެ އަމިއްލަފުޅު މީޑިއާ “ވީމީޑިއާ”ގެ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލާގައި އެތަނުގެ ވެރިން ބްރޯޑް ކާސްޓިންގ ކޮމިޝަނަށް ހާޒިރުކޮށްފިއެވެ.

ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަން ރާއްޖެއިން ފެނުމާއި ގުޅިގެން، ޓޫރިޒަމް ސިނާޢަތުން މައި ކުންފުންޏަށް ވަންނަމުންދިޔަ އާމްދަނީ ލިބުން އެއްކޮށް ހުއްޓުމާއި ގުޅިގެން އެތަނުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ މުސާރަ ވަރަަށް ބޮޑަށް ވަނީ ކުޑަކޮށްފައެވެ. ބައެއް މުވައްޒަފުން ވަޒީފާއިން ވަކިވެސް ކޮށްފައި ވެއެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެން ފެށި ފަހުން އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދޭން ފަށާފައި ވަނީ 2222 ރުފިޔާ އެވެ.

ބްރޯޑްކޮމް އިން މިއަދު ވަނީ ވީމީޑިއާގެ ސީއީއޯ މުހައްމަދު ޒަހީން އާއި އުމަރު އާއި ބައްދަލުކޮށްފައެވެ.

އެ ބައްދަލުވުމުގާއި ގުޅޭގޮތުން ބްރޯޑްކޮމްއިން ބުނީ، ‏މާލީ ގޮތުން ވީޓީވީއަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، މުވައްޒަފުންނަށް މުސާރަ ދިނުމަށް ދަތިވެފައިވުމާއި، އަދި ސްޓޭޝަން ހިންގުމަށް ގޮންޖެހުންތަކެއް ހުރުމާ ގުޅިގެން، މި ޙާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވީޓީވީގެ އިސްވެރިންނާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!