ބިދޭސީން ލައްވާ މަސައްކަތްކުރުވުމަށް ފަހު އެ މީހުންނަށް މުސާރަ ނުދިނުމުގެ މައްސަލަތައް ބޮޑުވެ، ނުރުހުން ފާޅުކުރުން އިތުރުވެފައި ވަނިކޮށް މިއަދު ހަވީރު ބިދޭސީންގެ ބަޔަކު އާޓިފިޝަލް ބީޗަށް އެއްވެއްޖެ އެވެ.
އެ ސަރަހައްދަށް އެއްވީ ވެސް މުސާރައިގެ މައްސަލާގައި ޝަކުވާކުރި ބަޔަކު ކަމަށް އެނގިފައިވެ އެވެ. ނަމަވެސް ހަމަނުޖެހުން ހިންގައި އަޑު އުފުލުން ފަދަ އެއްވެސް ކަމެއް ނުކުރެ އެވެ. އެތަނަށް 200 ވަރަކަށް މީހުން އެއްވުމާ އެކު ފުލުހުން ގޮސް އެކަން ވަނީ ހުއްޓުވައިފަ އެވެ.
މަންޒަރު ދުށް މީހަކު ބުނީ ބިދޭސީންގެ ބަޔަކު އެއްވުމާ އެކު ފުލުހުން ގޮސް އެ މީހުންނާ ވާހަކަ ދެއްކުމުން އެ މީހުން ދިޔައީ ކަމަށެވެ.
މުސާރަ ނުދީ ބިދޭސީން ލައްވާ މަސައްކަތްކުރުވުމުގެ މައްސަލަ އަބަދުވެސް އޮވެ އެވެ.