ރައްޔިތުންގެ މަޖިލީހުގެ ޑްރައިވަރަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހުން ޕޮޒިޓިވް ވެފައި ވަނީ މިވަގުތު ކާރު ދުއްވުމަށް މަސައްކަތް ކުރާ މުވައްޒަފެއް ކަމަށެވެ.
އެކަމާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އަޅަން ފަށާފަށާފައިވާ ކަމަށާއި އެގޮތުން އެޗްޕީއޭއާ ގުޅިގެން ކޮންޓްކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ވަނީ ފަށާފައިފައިވާ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބައެއް މުވައްޒިފުން ވަނީ ގެއަށް ފޮނުވާފައެވެ.