ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފި

މާލޭގެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، ސިޓީ ކައުންސިލްގެ މެންބަރަކު މިއަދު ހުށަހަޅުއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާއާ ދެކޮޅަށް ހުށަހެޅި މައްސަލަ އެޖެންޑާކުރަން ނިންމާފައި ވަނީ އަންނަ ބުދަ ދުވަހު ބާއްވާ ކައުންސިލްގެ ޖަލްސާގައެވެ.

ވޯޓު ނެގުމުގެ ކުރިން ކަންތައްތަކެއް ރަނގަޅުކުރަން ޝިފާ އަށް 10 ދުވަހުގެ މުހުލަތެއް ދޭއިރު، އިތުބާރު އޮތްތޯ ބެލުމަށް ވޯޓަށް އަހާނީ އެ މުއްދަތުގައި ކަންތައްތައް ރަނގަޅު ނުކޮށްފިނަމަ ކަމަށްވެސް މައުލޫމާތު ލިބިފައެވެ.

މޭޔަރު ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި ވާއިރު، ސިޓީ ކައުންސިލްގެ ޖަލްސާ ކައުންސިލަރުންނާއި މޭޔަރު ޝިފާ މުހައްމަދާ ދެމެދު ހިޔާލި ތަފާތުވެ، މައްސަލަ ބޮޑުވެ ކުރިޔަށް ނުގެންދެވި ބައެއް ޖަލްސާ ތައްވެސް ވަނީ ހުއްޓާލައިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!