ޗެނަލް 13 ގެ ބައެއް ޕްރޮގްރާމްތަކުގައި ޢާންމު އިޖްތިމާޢީ މިންގަނޑަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުންދާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ސްޓޭޝަނަށް ނަސޭހަތްދީފިއެވެ.
ބްރޯޑްކޮމްއިން ބުނީ ޗެނަލް 13 ގެ ބައެއް ޕްރޮގްރާމްތަކުގައި ޢާންމު އިޖްތިމާޢީ މިންގަނޑަށް ނުފެތޭ ބަސްމަގު ބޭނުންކުރާކަން ފާހަގަކުރެވޭތީ، އެކަމާ ގުޅޭގޮތުން އެ ސްޓޭޝަނާ ބައްދަލުކޮށް، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ގަވާއިދާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް އެ ސްޓޭޝަނަށް ނަސޭޙަތްތެރިވެފައިވާ ކަމަށެވެ.
މީގެ ކުރިންވެސް ވަނީ ޗެންލަ 13 ގެ ބަސްމަގު ރަނގަޅުކުމަށް ނަސޭހަތް ތެރިވެފައިއެވެ.