ނ. ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.
ހޮޅުދޫ ބޭރުން މޫދަށް ޑިންގީއަކުން އެއްލި ފުޅިއެއް ބަލައި މީހަކު ފަތާފައި ދިޔަކަމުގެ މައުލޫމާތު ހޮޅުދޫ ޕޮލިސް ސްޓޭޝަނަށް ލިބުމާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި ޖުލައި 8 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އޭނާ އެއްގަމަށް އެރުމުން ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާގެ އަތުގައި އޮތް ފުޅި ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލަ ހޮޅުދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.