ޖިންސީ ގޯނާ ކޮށްފައިވާ ކަމުގެ ތުހުމަތުގައި ޓޫރިޒަމްގެ ޕޮލިސީ ޑައިރެކްޓަރު ހައްސާން ވެސް މަގާމުން ވަކިކޮށްފި

ޖިންސީ ގޯނާގެ ތުހުމަތު ކުރެވި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން ވެސް މިއަދު މަގާމުން ވަކިކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ހުންނެވި ހައްސާން ވަކިކޮށްފައިވަނީ ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ކަމަށް މި ނޫހަށް ވަނީ ހަބަރު ލިބިފައެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްސާން ވަކިކުރި އިރު މިނިސްޓަރ އަލީ ވަހީދަށްވެސް އެ ތުހުމަތު ކުރެވެމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އަންގަވައިފަ އެވެ. ނަމަވެސް އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވުމުން މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!