އަދީބުގެ ޝަރީއަތް ކެންސަލް ކޮށްފި

އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ބާއްވަން ތާވަލް ކުރި އަޑުއެހުންތައް ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 13:00 އަށް އެކޯޓުގައި ބޭއްވުމަށް ތާވަލްކުރި، އަޑުއެހުންތައް ކެންސަލް ކޮށްފައިވަނީ ޕީޖީ ގެ އޮފީހުގެ ފަރާތުން އެދިގެން ނެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ޕީޖީގެ އޮފީހުން އަދީބުގެ ޝަރީއަތުގެ ބުރާސްފަތި ދުވަހުގެ އަޑުއެހުން ކެންސަލް ކުރުމަށް އެދިފައިވަނީ، ބުރާސްފަތި ދުވަހުގެ މެންދުރު 12:00 އިން ފެށިގެން ޕީޖީ އޮފީސް ޑިސްއިންފެކްޓް ކުރުމަށް ހަމަޖެހިފައިވާތީއާއި، މި މައްސަލައަކީ ގިނަ އަދަދެއްގެ ލިޔެކިޔުންތައް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށްވާތީ އެވެ. އަދި ޕީޖީ އޮފީހުގެ ފަރާތުން މިމައްސަލަތަކުގައި ވަކާލާތު ކުރައްވާ ގާނޫނީ ވަކީލުންގެ ޓީމު ޕީޖީގެ އޮފީހަށް ހާޒިރުވެގެން މެނުވީ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދިއުމަށް ނުހަނު ދަތިކަމަށް ޕީޖީ އޮފީހުން މައުލޫމާތި ދީފައިވާ ކަމަށާއި، އެހެންކަމުން ބުރާސްފަތި ދުބަހުގެ 15:00 އަށް ފަސްކޮށްދިނުމަށް ޕީޖީ އޮފީހުން އެދިފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އޮފިޝަލް ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ މީީޑިއާ އޮފިޝަލް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ 15:00 އަށް ތާވަލްކުރަން ބަލާއިރު، ބުރާސްފަތި ދުވަހުގެ އެވަގުތަށް ޖަލުގައި ވީޑިއޯ ކޮންފަރެންސިންގ ހަމަޖެހެން ނެތުމުން، ބުރާސްފަތި ދުވަހު ބާއްވަން ތާވަލްކުރި އަދީބުގެ ޝަރީއަތުގެ އަޑުއެހުންތައް ކެންސަލް ކޮށްފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!