އެންމެ ބިޑަކުން ވެސް ބިޑް ކާމިޔާބު ކުރެވޭނެ: މުޖުތަބާ

އެންމެ ބިޑަކުން ވެސް ބިޑް ކާމިޔާބު ކުރެވޭނެ ގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް މުޖުތަބާ ވިދާޅުވީ މާލިއްޔަތު ގަވައިދަށް އެ އިސްލާހު ގެނައީ ބިޑިން ޕްރޮސެސް މިހާރަށް ވުރެ ހަރުދަނާކޮށް އަވަހަށް ކުރިއަށްގެންދަން ކަމަށެވެ.

ގަވާއިދުގައި ކުރިން އޮންނަނީ މަދުވެގެން ތިން ބިޑް ހުށައަޅަން ޖެހޭ ގޮތަށެވެ. އެކަމަކު މުޖުތަބާ ވިދާޅުވި ގޮތުގައި އެގޮތަށް އޮތުމުން، ރަށްރަށުގައި ހިންގާ ކުދިކުދި ޕްރޮޖެކްޓްތައް ލަސްވެ އެވެ.

“ފުރަތަމަ ފަހަރަށް އެންމެ ބިޑެއް އަޔަސް އެއީ ޝަރުތު ހަމަވާ، އެކަށީގެންވާ އަގެއް ކަމުގައިވާ ނަމަ އެ ބިޑަކާ އެކު ކުރިއަށް ދެވޭ ގޮތަށް މިއޮތީ،” މުުޖުތަބާ ވިދާޅުވި އެވެ.

މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން ކޮންމެ އޮފީހެއްގައި ވެސް ބިޑް ކޮމިޓީއެއް އުފައްދަން ޖެހެ އެވެ. އަދި ފަސް މިލިއަން ރުފިޔާ އަށް ވުރެ ދަށް އަގުތަކުގެ ޕްރޮޖެކްޓްތައް ނެޝަނަލް ޓެންޑާ ބޯޑަށް ހުށަނާޅާ ކުރިއަށް ގެންދިއުމުގެ ބާރު އޮފީސްތަކުގެ ބިޑް ކޮމިޓީ އަށް ލިބިގެންވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!