ހިޔާ މައްސަލާގައި މުއިއްޒު މަޖިލީސްއަށް ހާޒިރު ކުރަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ފްލެޓްތަކުގެ މައްސަލާގައި ޑރ. މުހައްމަދު މުއިއްޒު މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވާން އަންގައިފި އެވެ.

މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ސޮއި ކުރައްވައި މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެ މަޖިލީހުގެ ކޮމިޓީން ހިޔާ ފްލެޓްތަކާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރަން މުއިއްޒާ ބައްދަލު ކުރާން ބޭނުންވާ ކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ބާއްވާ ކޮމިޓީގެ ބައްދަލުވުމަށް މުއިއްޒު ހާޒިރުވުމަށް އެ ސިޓީގައި ވަނީ އަންގާފައިވެ އެވެ.

މި ދައުރުގަ ރައްޔިތުންގެ މަޖިލިސް ފެށުނު ފަހުން މަޖިލީހުގެ ކޮމިޓީއަކަށް މުއިއްޒު ހާޒިރު ކުރާ މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ހާޒިރުކޮށްފައިވަނީ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަަށެވެ.

މާލިއްޔަތު ކޮމިޓީއަށް މުއިއްޒު އޭރު ހާޒިރު ކޮށްފައި ވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސްއިން ނެދަލޭންޑްގް ދަ ހޭންގްގައި ހުންނަ ޕާމަނަންޓް ކޯޓް އާބިޓްރޭޝަނަށް އެ ކުންފުނިން ހުށަހެޅި މައްސަލާގައި ދައުލަތަށް ގެއްލުންވާ ގޮތަށް މުއިއްޒު ބަޔާން ދީފައިވާ ކަމަށް ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!