ތ.ގުރައިދޫގައި ބަންގްލަދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 22 އަހަރުގެ ބަންގްލަދޭޝް މީހެކެވެ. އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކުރީ މިދިޔަ ހޯމަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެއެވެ.
ތ.ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގެ ތެރޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މޭމަހުގެ 21 ވަނަ ދުވަހުގެ މެންދަމުން އަލިވެ 1:00 ހާއިރު ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.
އެހާދިސާއާއި ގުޅިގެން 21 ވަނަ ދުވަހުން ފެށިގެން ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ބަހައްޓާފައިވާއިރު މިއީ އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކުރި ތިން ވަނަ ފަހަރެވެ.