ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދުވެސް އުދަ އަރާފާނެ ކަމަށް ލަފާކޮށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)އިން ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވެސް މީޓޮރޮލޮޖިކަލް ސެންޓަރުން އުދަ އަރާފާނެ ކަމަށް ލަފާކޮށް ވައިޓު އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 14:00 އިން ފެށިގެން ހަވީރު 18:00 އާއި ހަމައަށެވެ. ވައިޓު އެލާޓު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ.
މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ކުރިއަށް ލަފާކޮށް ބުނެފައި ވަނީ، ރާއްޖޭގެ ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރާނެ ލަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.
އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށްވެސް ބުނެފައި ވެއެވެ.