ނޮޅިވަރަމް އިން މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެ

ހދ. ނޮޅިވަރަމްގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ، މިމަހު 6 ވަނަ ދުވަހު މާލެއިން ނޮޅިވަރަމަށް އައިސް ރަށުގައި ހޯމް ކަރަންޓީން ވެފައި ހުރި 33 އަހަރުގެ ފިރިހެނެކެވެ.

މި މީހާއަކީ މާލެއިން ރަށަށް ދިޔަ އިރު މާލެއިން ރެންޑަމް ސާމްޕަލިންގް ނަގާފައިވާ މީހެއް ނަމަވެސް ޕޮޒިޓިވް ވިކަން އެނގިފައިވަނީ ރެންޑަމް ސާމްޕަލިންގްގެ ނަތީޖާ ލިބުމުންނެވެ.

މިކަމާ ގުޅިގެން މިހާތަނަށް ހެލްތު މިިނިސްޓްރީ އަދި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!