މާދަމާއިން ފެށިގެން ހުކުރު ނަމާދު ކުރަން ނިންމައިފި

މާދަމާއިން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

މާދަމާގެ ހުކުރު ނަމާދަށް ދާ ފަރާތްތަކުންވެސް އިސްލާމިކް މިނިސްޓްރީން މިހާރު އާއްމުކޮށްފައިވާ އުސޫލްތަކަށް އަމަލުކުރުމަށް އެ މިނިސްޓްރީން އެދުވަޑައިގަންނަވައެވެ. މިގޮތުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި ވަކި މުސައްލައެއް ގެންދިއުމާއި އެ މީހެއްގެ މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުން ހިމެނެއެވެ. މީގެއިތުރުން ނަމާދަށް ދާއިރާ މިސްކިތުގައި ނަމާދުގައި ތިބޭއިރު މާސްކު އަޅައިގެން ތިބުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރައްވައެވެ.

ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ރޯގާ ޖެހިފައިވާ މީހުންނާއި ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުމާއި ނަމާދު ނިމުމަށް ފަހު މިސްކިތުގައި މަޑު ނުކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދު ކަނޑާލީ، މާރިޗު މަހުގެ 18 ވަނަ ދުވަހުގެ ޢަޞުރު ނަމާދު ވަގުތުން ފެށިގެންނެވެ. އަދި 15 އޭޕްރީލްގައި މާލެއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާއި އެކު މިސްކިތްތައް ބަންދު ކުރިއެެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!