ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ޕީޖީ އޮފީހުގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމުން އެ އޮފީސް ޑިސްއިންފެކްޓް ކުރަން ޖެހުމުން މިއަދު ބާއްވަން އޮތް ޝަރީއަތުގެ މަޖިލީހެއްވަނީ ކެންސަލް ކުރަން ޖެހިފައެވެ.
ޕީޖީ އޮފީހުގެ މުވައްޒަފަކު ކޯވިޑް-19 ޕޮޒިޓިވްވިކަން އެނގުނީ ރޭ ކަމަށް އެއޮފީހުން ވިދާޅުވެއެވެ.