ރައީސް ޔާމިން އަތުން 5 މިލިއަން ޑޮލަރު ހޯދަން އޭޖީ ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރިމިނަލް ކޯޓުން އިއްވި ހުކުމާ އެއްގޮތަށް މުއްދަތު ހަމަވިއިރު ވެސް ފައިސާ ދައްކާފައިނުވާތީ  ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކޯޓަށް ދިޔުމަށް ނިންމަވައިފި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ފަސް މިލިއަން ޑޮލަރު މީރާ މެދުވެރިކޮށް ދައުލަތައް ދައްކަން ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމާ އެއްގޮތައް ފައިސާ ނުދައްކަވާތީ ކޯޓަށް ހުށައެޅުއްވުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

“ހުކުމާ އެއްގޮތައް ދައުލަތައް ލިބެން ޖެހޭ ފަސް މިލިއަން ޑޮލަރު ލިބިފައިނުވާތީ އެ ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ގާނޫނުގައިވާ ގޮތުގެ އަޅުގަނޑު ކުރަމުން ގެންދާނަން. އެ މައްސަލަ ކޯޓަށް ހުށައެޅުމުގެ ކުރަން ފުރިހަމަ ކުރަން ޖެހޭ ކަންކަން މި ދަނީ ކުރަމުން. އަދި އެކަން ނިމުމާއެކު އެ ފައިސާ ހޯދަން ކޯޓަށް ހުށައަޅާނަން.” ބަންޑާރަ ނައިބު ވިދާޅުވިއެވެ.

އެއް މިލިއަން ޑޮލަރު، ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމާއެކު ރައީސް ޔާމީންގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައި އޮތީ ފަސް މިލިއަން ޑޮލަރު މީރާ މެދުވެރިކޮށް ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށެވެ. އެކަމަށް ދީފައި އޮތް މުއްދަތު މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހަށް ވަނީ ހަމަވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!