ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް (އެފްއޭއެމްގެ) މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން، އެފްއޭމްގެ މުވައްޒަފުންނާއި، އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި ނޫސްވެރިން ގޭގައި ކަރަންޓީންވުމަށް އެޗްޕީއޭ އިން އަންގައިފި އެވެ.
އެފްއޭއެމްގެ މުވައްޒަފަކު ޕޮޒިޓިވްވުމާއި ގުޅިގެން 14 ދުވަހަށް ގޭގައި ކަރަންޓީންވުމަށް އަންގަފައިވަނީ އެފްއޭއެމްގެ ކޮންގްރެސްގައި ބައިވެރިވި ބައެއް މީހުންނާއި، ކޮންގްރެސް އޮތް ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި ނޫސްވެރިންނަށެވެ. މި ދެ ހަރަކާތުގައިވެސް އެފްއޭއެމްއިން ކޯވިޑް19 އަށް ޕޮޒިޓިވްވި މީހާ ވަނީ ބައިވެރިވެފައެވެ.
އެފްއޭއެމްއިން ކޯވިޑަށް ޕޮޒިޓިވްވި މުވައްޒަފު މިހާރު ހުރީ ކަރަންޓީން ފެސިލިޓީއެއްގައެވެ.