ގެސްޓް ހައުސް އެސޯސިއޭޝަން ގެ އެސްޖީ އަށް ރޭޕްގެ ތުހުމަތު ކުރެވޭ މައްސަލަ ނުބަލާތީ ޖީއޭއެމް ގެ ރައީސް އިސްތިއުފާ ދެއްވަައިފި

ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިސްތިއުފާދެއްވައިފިއެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް މޫސާ ނާސިޙް މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ އެ އެސޯސިއޭޝަންގެ މަތީ މަޤާމެއްގައި ހުރި މީހަކު އެސޯސިއޭޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއް ހުށައެޅި އެމައްސަލަ އެކަށީގެންވާ ގޮތެއްގައި ބެލެމުން ނުދާތީއެވެ.

އިސްތިއުފާ ދެއްވުމަށް ނާސިހު ނެރިފައިވާ ކުރު ބަޔާނެއްގައި ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމެޓީ އިން ބެލުމަށްފަހު، ހިންގާ ކޮމެޓީ އަށް ހުށަހެޅުނު ނަމަވެސް އެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެ މާހައުލެއް ނެތުމުން، އިތުރަށް އެ އެސޯސިއޭޝަނުގެ ރަައީސްގެ މަގާމުގައި ހުރުމަކީ ޒަމީރު ގަބޫލުކުރާ ކަމަކަށް ނުވާތީ މަގާމުން އިސްތިއުފާ ދީފި ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަދި ތްރީ އިން ގެސްޓްހައުސްގެ ވެރިޔާ ސައުދުﷲ އޭނާގެ ގެސްޓް ހައުސް އަށް ވެއްދި އަންހެން ކުއަޖަކު ގަދަކަމުން ރޭޕް ކުރި މައްސަލައެއް ވަނި ފެންމަތި ވަފައިއެވެ. ސައުދުﷲ އަކީ އެމްޑީޕީ ވީއެފްއެމް ދެކުނު ގޮފީގެ ރައީސް އެވެ.

މި މައްސަލަ ހޫނުވެ ސައުދު ވަނީ މިހާރު ގެސްޓްހައުސް އެސޯސިއޭޝަންގެ އެސްޖީ ކަމުން ވަކި ކޮށްފައިއެވެ.

ޖިންސީ ގޯނާއެއްގެ މައްސަލަ ނުބެލި، ގެސްޓް ހައުސް އެސޯސިއޭޝަންގެ ރައީސް އިސްތިއުފާ ދެއްވިއިރު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި މިހާރު ހުންނެވި އަލީ ވަހީދުގެ އަހުލާގީ މައްސަލައެއްގައި އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވަނީ އަންގާފައެވެ.

މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާދެއްވުމަށް ރައީސް އެންގެވިއިރު، މިއީ ކެބިނެޓްގެ ވަޒީރަކު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެންގެވި ފުރަތަމަ ފަހަރެވެ.   

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!