އެމްއައިބީގެ އަހަރީ އާއްމު ޖަލްސާ މިމަހު 23ގައި

މޯލްޑިވްސް އިސްލާމިކް ބެންކު، އެމްއައިބީގެ އަހަރީ ޢާއްމު ޖަލްސާ މިމަހު 23 ވަނަ ދުވަހު ބޭއްވުމަށް އެ ބޭންކުން ނިންމައިފިއެވެ.

މޯލްޑިވިސް އިސްލާމިކް ބޭންކު، އެމްއައިބީން އާއްމުންނަށް މިދިޔަ އަހަރު ހިއްސާ ވިއްކާފައިވާއިރު، މިއީ އޭގެ ފަހުން ބާއްވާ ފުރަތަމަ އަހަރީ އާއްމު ޖަލްސާއެވެ.

އެމްއައިބީގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރުފަހު 2 ޖަހާއިރުއެވެ. ޖަލްސާ ކުރިއަށްދާނީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޑެޓުން ތަރައްޤީކޮށްފައިވާ އޮންލައިކޮށް ބައްދަލްވުންތައް ބޭއްވޭ ފަހިވޯޓު ސިސްޓަމް މެދުވެރިކޮށްކަމަށެވެ.

މި ޖަލްސާގައި ހުސްވި އަހަރުގެ އަހަރީ ރިޕޯޓްތަކާއި މާލީ ހިސާބުތައް ފާސްކުރުމުގެ އިތުރުން، އެމްއައިބީގެ ބޯޑުން ޙިއްޞާދާރުންނަށް ބެހުމަށް ނިންމި ޙިއްޞާގެ ފައިދާގެ ޢަދަދު ފާސްކުރުންވެސް އޮންނާނެއެވެ.

އެމްއައިބީގެ ހިއްސާއަކަށް 1.58 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމާފައެވެ. އެގޮތުން ހިއްސާދާރުންނަށް ތިރީސް ފަސް މިލިއަން ހަތަރުސަތޭކަ ތިރީސް ހަތްހާސް ފަސްސަތޭކަ އެގާރަ ރުފިޔާ ބެހުމަށް އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

މިދިޔަ އަހަރު ހިއްސާ ވިއްކައިގެން އެމްއައިބީއަށް 356 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!