އަލީ ވަހީދުގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް އަދި ނުލިބޭ

ޓޫރިޒަމް މިނިސްޓަރުކަމުން އަލީ ވަހީދު އިސްތިއުފާ ދެއްވަން އެންގުމުން ވެސް އަދި އިސްތިއުފާ ދެއްވާފައިނުވާކަން އެގިއްޖެއެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ހުށަހެޅުމުން އެކަމާއި ގުޅިގެން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފައެވެ.

ނަމަވެސް އަދި މިހާތަނަށް އަލީ ވަހީދުގެ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ލިބިފައިނުވާކަން ރައީސް އޮފީހުގެ އިސް އޮފިޝަލަކު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، މިއަދުގެ ނިޔަލަށް އިސްތިއުފާގެ ސިޓީ ލިބެން ޖެހޭނެ ކަމަށާއި، ސިޓީ ނުލިބިއްޖެނަމަ އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުން ވަކިކުރައްވާނެ ކަމަށެވެ.

އަލީ ވަހީދު އަށް ތުހުމަތުތައް ކުރި މުވައްޒަފުން ބުނާ ގޮތުން، އެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އެކަންތައްތައް ތަހައްމަލު ނުކުރެެވިގެން އެވާހަކަ ރައީސް ސޯލިހުއާ ހިއްސާ ކުރެއްވުމުން އެމަނިކުފާނު ކީރިތި ކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!