ލޮކްޑައުންގައި އަނބިންނަށް ގޭތެރޭގެ މަސަތްކަތް ކޮށްދިނީ ކޮން ބައެއް؟

ކޮވިޑް އާއި ގުޅިގެން ގޭތެރޭގައި ފުރަބަންދުވުން ވެގެން ދިޔައީ ގިނަ ފިރިންނަށް އެމީހުންގެ އަނބިން ގޭގައި ކުރާ މަސަތްކަތްތައް ގާތުން ބަލާލުމަށް ލިބުނު ބޮޑު ފުރުސަތަކަށެވެ. އެގޮތުން ގޭތެރޭގައި ކުރަމުންދިޔަ މަސަތްކަތައް ފެނި މަސަތްކަތްތަކަށް އަތް ގާތް ކޮށްދިން ފިރިން މަދެއް ނޫނެވެ. ނިއު ނޯމަލްއާއި އެކު އޮފީސްތަކާއި ތަންތަން ހުޅުވުމާއިއެކު އެމީހެއްގެ މަސަތްކަތަށް ނުކުތް އިރު ސުވާލަކީ މިހާރުވެސް ގޭގައި މަސަތްކަތުގައި އުޅޭ އަނބިންނަށް އެހީތެރިވުމުގެ ވިސްނުން ހުރިތޯއެވެ.

މިގޮތުން މަސަތްކަތަށް ނުކުތް ފިރިހެނަކު ކިޔާ ދިން ގޮތުގައި އޭނާ ލޮކްޑައުންގެ ތެރޭގައި ފުރަތަމަ އަނބިމީހާ ކުރާ މަސަތްކަތައް ގާތުން ބެލިއެވެ. އޭނާ ބުނި ގޮތުގައި ކައިވެންޏަށް 10 އަހަރު ވީ އިރު، ލޮކްޑައުން ވެގެން ދިޔައީ އޭނާގެ ލޯ ހުޅުވައިދިން ކަމަކަށެވެ. އެގޮތުން ގޭތެރޭގައި އަނބިމީހާ އުޅޭލެއް ބުރަކަމުން އޭނާއަށް ވެސް ގިނަ ފަހަރު ވަގުތު ހުސްނުވާ ކަމަށް އެފިރިހެން މީހާ ބުންޏެވެ.

އަނބިމީހާގެ ބުރަ މަސަތްކަތްތައް ފެނި އޭނާގެ މަސަތްކަތްތަކުގެ އެއްބައި އޭނާ ކުރަމުން ގެންދިޔައެވެ. އެގޮތުން ކުދިންނަށް ކިޔަވައި ދިނުމާއި ގޭތެރެ ސާފުކުރުމާއި އެއްއިރަށް ކެއްކުމުގެ ޒިންމާ އޭނާ ނެގިއެވެ. ވަޒީފާއަށް ނުކުތުމަށްފަހު ގޭތެރޭގެ މަސަތްކަތްތައް ކުރަންތޯ ސުވާލުކުރުމުން އޭނާ ބުނީ މިހާރުވެސް ޒިންމާ ނަގައިގެން ގޭތެރޭގެ ބައެއް މަސަތްކަތްތައް ބަހާލައިގެން ކުރަމުން ގެންދާ ކަމަށެވެ.

ލޮކްޑައުންގައި ގޭގައި ހުރުމަށްފަހު މަސަތްކަތަށް ނުކުތް 11 އަހަރު ވަންދެން ކައިވެނި ކޮށްގެން އުޅުނު ފިރިއަކާއި، އަނބިމީހާއަށް ލޮކްޑައުންގައި ގޭތެރޭގެ މަސަތްކަތުގައި އެހީތެރިވެދިނިންތޯ ސުވާލުކުރުމުން ބުނީ އަނބިމީހާ އުޅޭ ބުރަކަން ފެނި ދެރަވިކަމަށެވެ. އެގޮތުން މެންދުރުގެ ކެއްކުމާއި އޭނާ ހަވާލުވި ކަމަށާއި އަނބިމީހާ ކުނިކަހާ ނަމަ އޭނާ މޮޕުލާދޭ ކަމަށެވެ. އޭނާ ބުނީ ލޮކްޑައުންގެ ކުރިން އޭނާއަށް އިނގެނީ ހަމައެކަނި ކޮފީއާއި ސައި ހަދަން ކަމަށާއި ނަމަވެސް މިހާރު 10 ވައްތަރުގެ ކާނާ ހަދަން ދަސްވެފައިވާ ކަމަށެވެ. ވަޒީފާއަށް ނުކުތުމަށްފަހު އަނބިމީހާއަށް އެހީވަންތޯ ސުވާލުކުރުމުން އޭނާ ބުނީ މިހާރުވެސް ރޭގަނޑަށް ކެއްކުމުގެ ޒިންމާ ނަގަނީ އޭނާ ކަމަށެވެ.

ގޭތެރެ ބެލެހެއްޓުމަކީ އަންހެނުންގެ އެކަނި މަސްއޫލިއްޔަތެއް ކަމުގައި ދެކޭ މީހުން އަދިވެސް މިމުޖުތަމައުގައި ވަރަށް ގިނައެވެ. މިއީ ކެއްކުމާއި ސާފުކުރުމާއި ދަރިންގެ ކަންތައްތައް ކުރުން ފަދަ ކަންކަމަކީ އަންހެނުންނަށް ޚާއްސަ މަސައްކަތްތަކެއްގެ ގޮތުގައި ގަބޫލުކުރާ ފަރާތްތައް ވިސްނާލުން ރަގަޅު މައުޟޫއެކެވެ. ފައިސާ ހޯދުމުގައި ދެބައިމީހުން ހަމަހަމަ ވާފަދައިން ގޭތެރޭގެ މަސައްކަތުގައިވެސް ދެޖިންސުގެ ހަމަހަމަކަން ފެނިގެންދާން ޖެހޭނެ ނޫން ހެއްޔެވެ؟

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!