ސުޝާންތު ސިންގު ރާޖުޕުތު މަރުވިފަހުން 3 ހަފްތާ ވެފައިވާއިރުވެސް ސުޝާންތުގެ މަރުގެ ވާހަކަދެއްކުމަކަށް އެއްވެސް ބަދަލެއްނާދެއެވެ. ސުޝާންތުގެ އެ ކުއްލި މަރުގެ ސަބަބުން އެތަށް ބަޔެއްގެ ހިތްކުދިކުދި ވެފައިވާއިރު އެހިތާމައިގައިތިބި ގިނަ ފޭނުން ސުޝާންތު އެބުރިއަންނާނެ ނަމައޭ ހިތަށް އަރައެވެ.
ސުޝާންތުގެ ކުރީގެ ވީޑިއޯތަކާއި ފޮޓޯތަށް ސޯޝަލް މީޑިއާގައި އާއްމު ވަމުންދާ މިދަޑިވަޅުގައި އޭނާގެ ފޭނުން ސިއްސުވާލި ސުޝާންތުއާއި ވައްތަރު މީހެއްގެ ވީޑިއޯތަކެއް ވައިރަލް ވުމުންނެވެ.
ފުރަތަމަ މިވާހަކަ ޤަބޫލުކުރަން ދަތިވި ނަމަވެސް އޭނާގެ ވީޑިއޯތަށް ބަލާލުމުން ސުޝާންތުގެ ހަނދާން އައުކުރާ ފޭނުން ރޮއްވާލައެވެ. މޫނުމަތިން ސުޝާންތުއާއި ވައްތަރު މިމީހާގެ ހަރަކާތްތަކާއި ގެންގުޅޭ ސުޓައިލަކީވެސް ހަމަ ސުޝާންތުގެ ގޮތަށް ބައްޓަން ކޮއްފައިވާ ކަންތަށްތަކެކެވެ.
ސަޗިން ތިވާރީ ނަމަކަށްކިޔާ މިމީހާއަކީ ހަޤިޤަތުގައި ސުޝާންތު ސިންގު ރާޖުޕުތުގެ ބޯޑު ފޭނެކެވެ. ސުޝާންތު ދުނިޔޭގައި ހުރިއިރުވެސް އޭނާގެ ސްޓައިލު ނަކަލު ކުރާކަމަށް ސަޗިން ތިވާރީ ބުނެފައިވެއެވެ. އަދި ސުޝާންތުއާއި ވައްތަރުކަން އެގުނު ހިސާބުންފެށީގެން އޭނާއާއި އެއްގޮތަށް ހަށިގަނޑު ބެހެއްޓުމަށާއި ހެދުންއަޅާ ސުޓައިލުވެސް ވީވަރަކުން ސުޝާންތުއާއި ވައްތަރުކުރުމަށް މަސައްކަތްކުރާކަމަށް އޭނާ ބުނެފައިވެއެވެ.
މިހާރުވެސް އޭނާ ސުޝާންތުގެ ލަވަތަކަށް ނަށާ ޑައިލޮގުތަށް ކިޔާ ވީޑިއޯތަށް އާއްމުވެ ސޯޝަލް މީޑިއާގައި ދަނީ ވައިރަލް ވަމުންނެވެ.
އެހެންނަމަވެސް ސުޝާންތުގެ ބައެއް ފޭނުންބުނެފައިވަނީ ކިތަންމެ ސުޝާންތާއި ވައްތަރުވިޔަސް ސުޝާންތުގެ މަޤާމު އޭނާއަށް ނުދެވޭނެ ކަމަށެވެ. އަދި ސުޝާންތަކީ ހާއްސަ މީހެއްކަން ފާހަގަކުރަމުން ފޭނުންވަނީ އޭނާގެ ހުނަރަށް ތައުރީފުކޮއްފައެވެ.
ސުޝާންތުގެ މަރާގުޅިގެން ތަފާތު ވާހަކަތަށް ދެކެވޭއިރު އޭނާގެ އެންމެ ފަހު ފިލުމު ދިލް ބިޗާރޭގެ ޓްރެއިލާ ވަނީ މިދިޔަ ހޯމަދުވަހު ރިލީސްކޮއްފައެވެ. އަދި މިޓްރެއިލާވަނީ އެތަށް އެވޯޑެއް މުގުރާލާފައެވެ. ސުޝާންތުގެ ފޭނުންގެ އަޒުމަކީ މުޅި ދުނިޔެއަށް އެމީހުން ސުޝާންތުދެކެވާލޯބި ހާމަކުރުމަށްޓަކައި މި ޓްރެއިލާ ވައިރަލް ކުރުމެވެ. އެ ފޭނުން ދެކޭގޮތުގައި އެއީ ސުޝާންތުއަށްޓަކައި މިއަދު އެމީހުންނަށް ދެވޭނެ އެންމެ ބޮޑު އެއް ހަދިޔާއެވެ.