ވެމްކޯގެ މުވައްޒަފަކު ޕޮޒިޓިވްވެއްޖެ

ވޭސްޓު މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑިއުޓީ އޮފިސަރެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

 ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ، ޕޮޒިޓިވްވެފައިވަނީ އެ ކޯޕަރޭޝަންގެ ހުޅުމާލޭ ސައިޓުގައި މަސައްކަތް ކުރަމުން އަންނަ ފިރިހެން ޑިއުޓީ އޮފިސަރެއް ކަމަށެވެ.

އެ މުވައްޒަފާ ގިނަ މުވައްޒަފުންތަކެއް ކޮންޓެކްޓްވެފައިވާތީ، ހުޅުމާލޭ ސައިޓުގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް މަޑުޖެހިފައިވާ ކަމަށާއި ގިނަ މުވައްޒަފުން މިހާރު ވަނީ ހޯމް އައިސޮލޭޝަނަށް ފޮނުވާލެވިފައި ކަމަށް އާދަމް ވިދާޅުވިއެވެ.

ކޮވިޑް ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވީ 13 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި 5 ބިދޭސީންނެވެ. 8 ދިވެހިންގެ ތެރޭގައި 4 ފިރިހެނުންނާއި 4 އަންހެނުން ހިމެނޭ އިރު އެއީ ދޮށީ އުމުރުގެ މީހުންނެވެ. އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ 909 ދިވެހިންނާއި، ބަންގްލަދޭޝްއަށް ނިސްބަތްވާ 1994 މީހުންނެވެ. އަދި އިންޑީއާއަށް ނިސްބަތްވާ 227 މީހުންނާއި ނޭޕާލަށް ނިސްބަތްވާ 44 މީހުނާއި ސްރީލަންކާގެ 19 މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!