ޖިންސީ ފުރައްސާރައިގެ ވާހަކަތައް އަޑުއައްސަވާފައި ރައީސް ކީރިތިކުރެއްވި!

މިނިސްޓަރ އަލީ ވަހީދާއި ގުޅޭގޮތުން ކުރެވުނު ތުހުމަތުތަކުގެ ވާހަކަ އަޑުއެއްސެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ކީރިތި ކުރެއްވި ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ސޯލިހު އެ ކުއްލި ނިންމެވުން ނިންމެވީ، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އަލީ ވަހީދުގެ މައްޗަށް ކުރި ސީރިއަސް ތުހުމަތުތަކެއްގެ އަޑު ހުދު ރައީސް އެ މުވައްޒަފުންގެ ފަރާތުން އެއްސެވުމަށް ފަހު އެވެ.

އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ ޝިކާރާއަކަށްވީ ކަމަށް ބުނާ މުވައްޒަފުން އެ ވާހަކަ ތަފްސީލްކޮށް މިއަދު ރައީސް ސޯލިހުގެ އަރިހުގައި ވިދާޅުވެ ދެއްވި އެވެ. އެ މުވައްޒަފުންގެ ޝަކުވާތަކަކީ އާދައިގެ ވާހަކަތަކެއް ނޫނެވެ. އެއަށް ވުރެ އެ ތުހުމަތުތައް ސީރިއަސް އެވެ.

މިމައްސަލަ ފެންމަތިވެގެން ގޮސްފައިވަނީ އޮފީސް ތެރޭގައި ޖިންސީ އަނިޔާ ލިބިފައިވާ ދެ މުވައްޒަފަކު ދެއްކި ވާހަކަތައް މިނިސްޓްރީގެ އިސް އޮފިޝަލުން ރައީސްގެ ސަމާލުކަމަށް ގެނައުމުންނެވެ. އަދި އޮފިޝަލުން ބެލިބެލުމުން މިހާރުވެސް މަސައްކަތް ކުރަމުންދާ މުވައްޒަފުންނާއި ކުރީގައި މިނިސްޓްރީގައި މަސައްކަތް ކޮށްފައިވާ މުވައްޒަފުންނަށް މިނިސްޓަރުގެ ފަރާތުން އެކި ގޮތްގޮތުން ޖިންސީ ގޯނާ ފޯރާފައިވާކަން ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ހަވީރު ރައީސް ސާލިޙާއި، ޗީފް އޮފް ސްޓާފް އަލީ ޒާހިރު އަދި މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާރވިސަސް އައިޝަތު މުހައްމަދު ދީދީ ވަނީ އެ މުވައްޒަފުންނާއި ބައްދަލުކުރައްވައި ކަންހިނގައިދިޔަ ގޮތް އޮޅުން ފިލުވިކަމަށް އޮފިޝަލް ވިދާޅުވި އެވެ. އަދި މުވައްޒަފުންގެ ވާހަކަތައް އަޑުއައްސަވާ ރައީސް އާއި ޖެންޑަރ މިނިސްޓަރ ކީރިތި ކުރެއްވި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!