އާލިއާ ވާން އުޅޭ މައިދައިތައަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފި

ބުދަ ދުވަހަކީ ބޮލީވުޑުގެ ކުރީގެ ބަތަލާ ނީތޫ ސިންގްގެ އުފަންދުވަހަށް ވުމުން، ވަރަށް ގިނަ ފޭނުން ވަނީ މީސްމީޑިއާގައި ނީތޫއަށް ތަހުނިޔާ ކިޔައިފައެވެ. ނަމަވެސް މީގެތެރެއިން ގިނަ ބައެއްގެ ސަމާލުކަން ލިބުނީ، ޒުވާން އެކްޓްރެސް އާލިއާ ބަޓް ކޮށްފައިވާ ތަހުނިޔާގެ މެސެޖަށެވެ.

އިންސްޓަގްރާމުގައި ކުރި ޕޯސްޓުގައި އާލިއާ ވަނީ ނީތޫގެ ޒުވާންއިރުގެ ފޮޓޯއެއް ހިއްސާކޮށް، ކުރު މެސެޖެއްވެސް ލިޔެފައެވެ. އެ މެސެޖުގައި އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށްފަހު ބުނީ، ނީތޫގެ ފަރާތުން އަބަދުވެސް އިންސްޕަޔާ ވާ ކަމަށާއި، ވަރަށް ބޮޑަށް ލޯބިވާ ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ، ނީތޫ ސިންގަކީ އާލިއާ ބަޓްގެ ވާން އުޅޭ މައިދައިތަ ކަމެވެ. އެއީ އާލިއާ، 27، މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ނީތޫގެ ދަރިފުޅު، އަދި ބޮލީވުޑުގެ އެކްޓަރު ރަންބީރު ކަޕޫރް، 37، އާ ކަމަށްވާތީއެވެ. ރަންބީރާއި އާލިއާ ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމުގެ އަޑުތައްވެސް ވަނީ މީޑިއާގައި ފެތުރިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!