ސްރީލަންކާގައި ތިބި އިތުރު 96 ދިވެހިން މިރޭ ރާއްޖެ ގެނެސްފި

ސްރީލަންކާގައި ތިބި އިތުރު 96 ދިވެހިން މިރޭ ރާއްޖެ ގެނެސްފިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން އަވަށްޓެރި ޤައުމުތަކުގައި ރާއްޖެއަށް ނާދެވި ތާށިވެފައިތިބި ދިވެހިން ރާއްޖެއަށް ގެނައުމަށް ސަރުކާރުންކުރައްވާ މަސައްކަތުގެ ދަށުން ކޮލަމްބޯގައިތިބި މި ދިވެހިން ގެނެސްފައިވަނީވެސް ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

މިދިޔަމަހުގެ ތެރޭގައިވެސް ސްރީލަންކާއިން ރާއްޖެއަށް ނާދެވިފައިތިބި ދިވެހިންގެ ތެރެއިން ބަޔަކު ރާއްޖެ ގެނެސްފައިވާއިރު، މިއީ އެޤައުމުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށްކުރި ތިން ވަނަ ދަތުރެވެ.

ބޭސްފަރުވާ ނިންމުމަށްފަހު ރާއްޖެ ނާދެވި އިންޑިއާގައި ތާށިވެފައި ތިބި ދިވެހިންނާއި އެކި ބޭނުންތަކުގައި އިންޑިއާއަށް ގޮސްތިބި ދިވެހިން ފުރަބަންދުގެ ތެރޭގައިވެސް އެކިފަހަރުމަތިންވަނީ މޯލްޑިވިއަންގެ ފްލައިޓްތަކުގައި ރާއްޖެ ގެނެސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!