އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނަ ކުރި މައްސަލަ އެއް ފުލުހުންނަށް މިރޭ ހުށައަަޅައިފި

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކަކަށް ޖިންސީގޯނާކުރި މައްސަލައެއް ބަލަން ފަށައިފިކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިރޭ ބުނެފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނަ ކޮށްފައިވާ ކަމުގެ މައްސަލަ އެއް ފުލުހުންނަށް މިރޭ ހުށަހަޅާފައިވާކަމަށާއި އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ މައްސަލަތަކެއް ޓޫރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އަށާއި ޖެންޑާ މިނިސްޓްރީ އަށް ހުށަޅާފައިވާ ކަމަށެވެ.

“.މިކަމާ ގުޅިގެން މިނިސްޓަރު އޮފް ޓުއަރިޒަމް އަލްފާޟިލް އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފައި،” ހޫދު ގެ ޓްވީޓް ގައި ވެއެވެ.

މިކަމަށް ރައްދު ދެއްވަމުން އަލީ ވަހީދު ވިދާޅުވީ ރައްޔިތުންނާއި ގައުމަށް ހިދުމަތް ކޮށްދިނުމުގައި ތެދުވެރިކަމާއި ވަރުބަލި ކަމެއްނެތި މަސައްކަތް ކޮށްދެއްވުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު އައިސް ޖެހުމުން ހަގީގަތް ހާމަވާނެ ކަމަށާއި، ހަގީގަތް ކޮންމެވެސް އިރަކުން އެނގި ހާމަވާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވިއިރު، މިއީ މި ކެބިނެޓްގެ ވަޒީރަކު އިސްތިއުފާ ދެއްވުމަށް ރައީސަކު މިހާ ހާމަކަން ބޮޑު ގޮތެއްގައި އެންގެވި ފުރަތަމަ ފަހަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!