އިތުރު 16 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ކޮވިޑް-19 އަށް އިތުރު 16 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި ޓުވީޓެއްގައި ބުނީ މިއަދުގެ އިރުއޮއްސި 06:00 ޖެހުމާއި ހަމައަށް ޖުމްލަ 2,517 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ވައިރަސްއަށް ފޮޒިޓިވްވި 16 މީހުންގެ ތެރޭގައި 11 ދިވެހިންނާއި 5 ބަންގްލަދޭޝް ރައްޔިތުން ހިމޭނެ ކަމަށެވެ.

މީގެ ތެރެއިން 319 އެކްޓިވް ކޭސް ހިމެނޭއިރު ޖުމްލަ 2180 މީހުން ވައިރަސް ޖެހި ރަނގަޅުވެފައިވާ ކަމަށެވެ.

އެޗްޕީއޭ އިން އިތުރަށް ބުނީ 107 މީހަކު ކަރަންޓީން ފެސިޓިލީގައި ތިބި ކަމަށާއި އައިސޮލޭޝަން ފެސިލިޓީގައި 267 މީހުން އެބަތިބި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!