މާފުށި އަދި އައްސޭރި ޖަލުގައި އާއިލީ ބައްދަލުވުންތައް އަލުން ފަށައިފި

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް މިހާރު ލުއިކޮށްފައިވާއިރު، މާފުށި އަދި އައްސޭރި ޖަލުގައި ތިބި ގައިދީންގެ އާއިލީ ބައްދަލުވުންތައް މިއަދު އަލުން ފަށައިފި އެވެ.

ޕްރިޒަންސް ކޮމިޝަނަރު އަހުމަދު މުހައްމަދުފުޅު ވިދާޅުވީ މިވަގުތު ކޮވިޑް-19 ނެތް ރަށްރަށުގައި ދިރި އުޅޭ މީހުނަށް މިހާރު އެ ދެ ޖަލުގައި ތިބި އާއިލީ މެންބަރުންނާ މިއަދުން ފެށިގެން ބައްދަލުކުރެވޭނެ ކަމަށެވެ.

“އަދި ހޮނިހިރު ދުވަހުން ފެށިގެން ގައިދީންނަށް އަންނައުނުވެސް އާއިލާތަކަށް ފޮނުވޭނެ،” ކޮމިޝަނަރު ވިދާޅުވި އެވެ.

ނަމަވެސް، ޖަލަށް ޒިޔާރަތް ކުރާ ފަރާތްތަކުން ޖަލުގައި ބަލި ފެތުރުން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އިހްތިރާމް ކުރުމަށް އަހުމަދު މުހައްމަދުފުޅު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!