ތުހުމަތުތަކަށް އަލީ ވަހީދުގެ ރައްދު: މިދުވަސްވެއް ހިނގައިދާނެ

ޓުއަރިޒަމް މިނިސްޓަރ އަލީވަހީދުގެ މައްޗަށް ކުރެވޭ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާއި ގުޅިގެން އަލީ ވަހީދު ރައްދު ދެއްވައިފިއެވެ.

ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އިސްތިއުފާ ދެއްވަން ބުދަ ދުވަހުގެ ރޭ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވަނީ އަންގަވާފައެވެ. އިސްތިއުފާ ދެއްވުމަށް އަލީ ވަހީދަށް އަންގަވާފައިވަނީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށައަޅާފައިވަނިކޮށެވެ.

ޢަލީ ވަޙީދު ކުރެއްވި ޓްވީޓެއްގައިވަނީ، ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބިވަޑައިގަތީތީ މާތް ﷲއަށް ހަމްދުކުރާކަމަށް ވިދާޅުވެފައެވެ. އަދި ކޮންމެވެސް ދުވަހަކުން ތެދު ހާމަވާނެކަމަށް ވިދާޅުވެ، އޭނާއާމެދު ކުރެވޭ ތުހުމަތުތައް ދޮގުކުރައްވާ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވެއެވެ.

މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް އެންގެވިއިރު، މިއީ މި ކެބިނެޓްގެ ވަޒީރަކު އިސްތިއުފާ ދެއްވުމަށް ރައީސަކު މިހާ ހާމަކަން ބޮޑު ގޮތެއްގައި އެންގެވި ފުރަތަމަ ފަހަރެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!