ޢަލީ ވަޙީދު ޢިސްތިއުފާ ދޭން ރައީސް އަންގަވައިފި

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަގާމުން، އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ބުދަ ދުވަހުގެ ރޭ ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވީ މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެ ފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައިވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑަރ މިނިސްޓްރީ އަށް ހުށަޅާފައިވާ ކަމަށެވެ.

އެހެންވެ މިނިސްޓަރު އަލީ ވަހީދު މަގާމުން އިސްތިއުފާދެއްވުމަށް ރައީސް އެންގެވިއިރު، މިއީ މި ކެބިނެޓްގެ ވަޒީރަކު އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެންގެވި ފުރަތަމަ ފަހަރެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!