ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައިވެސް ކޯވިޑް-19އަށް ޓެސްޓްކުރަން ފަށައިފިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިއު.އެޗް.އޯގެ އެހީގައި ސަރުކާރުން ރާއްޖޭގެ 6 ސަރަޙައްދެއްގައި މި ބައްޔަށް ޓެސްޓްކުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކުރާ މަސައްކަތުގެ ދަށުން ހަދިޔާ ކޮށްފައިވާ ޖީން އެކްސްޕަރޓް ކާޓްރިޖް މެޝިން މެދުވެރިކޮންނެވެ.
މަޢުލޫމާތު ލިބިފައިވާގޮތުގައި އެހޮސްޕިޓަލުންވަނީ ޓްރައަލް ޓެސްޓްތައް ހެދުމުގެ މަސައްކަތް ނިންމައި، މެޝިނުގެ ކޮލެޓީވެސް ޗެކްކޮށްފައެވެ. އެޗް.ޕީ.އޭގެ ޚާއްސަ ހުއްދައާއެކު ކޯވިޑް-19 އަށް ޓެސްޓްކުރުމުގެ ޚިދުމަތް މިއަދުން ފެށިގެން އެ ހޮސްޕިޓަލުން ލިބޭނެކަމަށްވެސް އެ ހޮސްޕިޓަލުން މަޢުލޫމާތު ދެއެވެ.
އެހޮސްޕިޓަލުން ދުވާލެއްގެ މައްޗަށް 80 ސާމްޕަލް ޓެސްޓްކުރެވޭނެކަމަށް މަޢުލޫމާތުލިބިފައިވެއެވެ.