މާލޭ ހުކުރު މިސްކިތް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތައް މިނިސްޓަރ ބައްލަވާލައްވައިފި

މާލޭ ހުކުރު މިސްކިތް އަލުން ހުޅުވުމަށް ކުރެވެމުންދާ މަސައްކަތްތައް ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނު ބައްލަވާލައްވައިފިއެވެ.

ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް ހުޅުވުމުގެ ތައްޔާރީތައް ވަމުންދާއިރު އަދި ހުޅުވާނެ ދުވަހެއް އެމިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

މީލާދީން 1153 ވަނަ އަހަރު ރާއްޖެ އިސްލާމްވުމާ ގުޅިގެން އައްސުލްޠާން މުޙައްމަދު އިބްނި ޢަބްދި ދަރުމަވަންތަ ރަސްގެފާނުގެ އަމުރުފުޅަށް ބިނާ ކުރެވުނު މި މިސްކިތް 1338ގައި އަލުން ޢިމާރާތްކުރެއްވީ އައްސުލްޠާން އަޙްމަދު ޝިހާބުއްދީނެވެ.

މި މިސްކިތް މިހާރު ހުރި ގޮތަށް 1657 ގައި އަލުން އިމާރާތްކުރެއްވީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ)އެވެ.

ތިންސަތޭކަ އެތައް އަހަރެއްވެފައިވާ މި މިސްކިތުގެ ބެރިތަކުން ކަތުރުފަނީގެ އަސަރުތަކެއް ފެނުމުން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެތެރޭ ވަނީ މިސްކިތް ބަންދުކޮށް ކަތުރުފަނި ނައްތާލުމަށް މަސައްކަތް ފަށާފައެވެ.

މާލޭ ހުކުރު މިސްކިތަކީ ބޮޑުމިނަކީ 199 އަކަފޫޓު ހުންނަ މި މިސްކިތަކީ އަތްތެރި މަސައްކަތްވަރަށް ރީތިކޮށް ފެންނަން ހުރި މިސްކިތެކެވެ .

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!