ކޮވިޑް-19 ޖެހިގެން އަނެއްކާވެސް މީހަކު މަރުވެއްޖެ

ރާއްޖޭގައި ކޮވިޑް-19 ޖެހިގެން ފަރުވާ ދެމުން އައި އިތުރު މީހަކު މަރުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދާދި ދެންމެ އަކު ބުނީ މިއަދު މެނދުރު ފަހު 1:00 ޖަހާއިރު 70 އަހަރުގެ ދިވެހި އަންހެނަކު އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށާއި އެ މީހާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

މިއީ މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވި 13 ވަނަ މީހާ އެވެ.

ކޮވިޑް-19 ބަލި މާލޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓްލޯކުރެވިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!