ޤައިދީންނަށް ޢާއިލީ ބައްދަލުވުންތައް އަލުން ފަށައިފި

ކޯވިޑް-19 އާއި ގުޅިގެން މެދުކަނޑާލި ޢާއިލީ އަދި އެކަހެރި ބައްދަލުވުންތައް ޤައިދީންނާއި ބަންދުމީހުންނަށް އަނެއްކާވެސް ހަމަޖައްސާދޭން ފަށައިފިއެވެ.

ކަރެކްޝަނުން ވިދާޅުވީ ކޯވިޑާއި ގުޅިގެން އައިލީ ބައްދަލުވުންތައް މެދުކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ. މިގޮތުން މާފުށި ޖަލާއި އައްސޭރި ޖަލުގައި ތިބި ޤައިދީންނާއި ބަންދު މީހުންނަށް ޢާއިލީ އަދި އެކަހެރި ބައްދަލުވުން ކޯވިޑް ނެތް ރަށްރަށުން ދާ މީހުންނަށް ހަމަޖެހޭނެކަމަށެވެ.

މީގެއިތުރުން ޖަލުގައި ތިބޭ ޤައިދީންނާއި ބަންދުމީހުންނަށް އާއިލާތަކުން ތަކެތި ފޮނުވުން އިންތިޒާމުވެސް މިހާރު ހަމަޖެހިފައިވާކަމަށް ކަރެކްޝަނުން ވިދާޅުވެއެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން، ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުކަމަށާއި ދޫކުރުމަށް ހަމަޖެހިފައިވަނީ 20 ނަންބަރުކަމަށެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން ޖަލުތަކުގައި ކުރިއަށްގެންދާ އާއިލީ ބައްދަލުވުމާއި އެކަހެރި ބައްދަލުވުންތައް ކަރެކްޝަނުން މެދުކަނޑާލީ މާރިޗު މަހުގެ 12 ވަނަދުވަހުން ފެށިގެންނެވެ. އަދި އޭރު އެގޮތަށް ނިންމީ ޤައިދީންނާއި ބަންދުގައި ތިބޭ މީހުންގެ ސިއްޙީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން މީހުން ޖަލަށް ވަދެ އުޅުން މަދުކުރުމަށްކަމަށް އޭރު ކަރެކްޝަނުން ވަނީ ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!