ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފި

ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުގެ ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް ލަފާ ކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓު އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެނވާ ކަމަށެވެ. އަދި ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެނވާ ކަމެއް ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެއެވެ.

އެ ސަރަހައްދު ތަކަށް ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު މެންދުރު 01:00 އިން ހަވީރު 05:00 އަށެވެ.

މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ތިން މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!