IruOnline

ދަރިފުޅު ރޭގަނޑު ފައިގައި ރިއްސާތީ ރޮއޭތަ؟

އުމުރުން 2 އަހަރު ނުވަތަ 3 އަހަރުގެ ކުދިން ރޭގަނޑު ފައިގައި ރިއްސާތީ ރުއިން އެއީ އާންމު ކަމެކެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރ އަހްމަދު ފައިސަލް މިއަދު ވަނީ އެކަމަށް އަލިއަޅުވާލާފައެވެ.

އެގޮތުން ޑރ ފައިސަލް ވިދާޅުވި ގޮތުގައި، ކުދިން ދިގުވަމުން ދާއިރު ކަށީގައި ހުންނަތަދު ނުވަތަ ގްރޮވިންގް ޕެއިން އަކީ އާންމު ގޮތެއްގައި އުމުރުން 3-12 އަހަރުގެ ކުދިންނަނަށް ދިމާވާ ކަމެކެވެ. މި ތަދު އެކި ފަހަރު އެކިފަޔަށް އަރާއިރު ނިދާއިރު ތަދުބޮޑުވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޑރ ފައިސަލް ވިދާާޅުވީ، މި ތަދު ބޮޑަށް ހުންނާނީ ކުޑަކަޅުވާ، ކަށިމަތި، ފައިތިލަ އަދި ތަނބިކަށީގައި ކަމަށާއި އެއްވެސް ކަހަލަ ދުޅައެއް، ރަތްކަމެއް ހޫނުކަމެއް ހުޅުތަކުގަޔާއި ފައިގައި ނުހުންނާނެ ކަމަށެވެ. އަދި މިތަދު ނުވާ ރޭރޭވެސް ދާނެ ކަމަށާއި ނަމަވެސް ތަދުވާ ރޭރޭ ހެނދުނު ކުދިން ހޭލައިގެން ބަރާބަރަށް ދުވެހަދާނެ ކަމަށެވެ.

ޑރ ފައިސަލް އިތުރަށް ވިދާޅުވީ މިކަމަށް ހެދޭނެ ޓެސްޓެއް ނުހުންނަ ކަމަށާއި ނަމަވެސް ތަދުބޮޑުވާ ގަޑިތަކުގައި ތަދު ވާ ތަނެއްގައި މަސާޖުކޮށްލުން ނޫނީ ބާމުކޮށް އުނގުޅާލުމުން ތަދަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.

މިފަދަ ގްރޮވިންގް ޕެއިންގެ އަލާމާތްތައް ހުރި ނަމަވެސް ގުރޯތް ތަދަށް ނުވާ އަލާމާތްތަކުގެ ތެރޭގައި، މިފަދަ ތަދުތައް އަރާއިރު ހުންއައިސް، ރަތްވެ، ދުޅަވެ، ނޫފައިގަތުން ނުވަތަ ދުވެ އުޅެވޭވަރުނުވުން ފަދަ ކަންކަން ޑރ ފައިސަލް ފާހަގްކުރެއްވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!