ރާއްޖެއަކީ ރުބެއްލާ ނެތް ގައުމެއްގެ ގޮތުގައި ނިންމައިފި

ރާއްޖެއަކީ ރުބެއްލާ ނެތް ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން މިހާރު ބަލި އެއްކޮށް ނައްތާލެވިފައިވާ ކަމަށާއި، އެކަން ޑަބްލިއުއެޗްއޯއިން ބަލައިގަނެ އަންގާފައިވަކަމަށެވެ. އަދި ރުބެއްލާ ނެތް ގައުމެއްގެ ގޮތުގައި ރާއްޖެ ހެދުމަށް މަސައްކަތް ކޮށްފައިވާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ޝުކުރު އަދާކޮށްފައެވެ.

ރާއްޖެއިން ހިމަބިހި ނައްތާލެވިފައި ވަނިކޮށް މިއަހަރު ކުރީކޮޅު ރާއްޖެއިން ވަނީ ހިމަބިހި އަލުން ފެނިފައެވެ.

ރުބެއްލާއަކީ (ނުވަތަ ޖަރމަން މީސްލްސްއަކީ) ގައިންގަޔަށް އަރާ ބައްޔެކެވެ. މިބަލިވެސް ޖެހެނީ ވައިރަހެއްގެ ޒަރީއާއިންނެވެ. މިބަލީގެ އަސަރުތައް އާންމުކޮށް ފެންނަން ފަށަނީ ޖަރާސީމުގެ އަސަރުކުރާތާ ދެ ހަފްތާ ނުވަތަ ތިން ހަފްތާތެރޭގައެވެ. މިއީވެސް ނޭވާލާ ނިޒާމުން ބޭރުވާ ތެއްކަމުގެ ސަބަބުން ފެތުރޭ ބައްޔެކެވެ. ހަށިގަނޑަށް ޖަރާސީމުގެ އަސަރުކުރުމަށް ފަހު، ބަލީގެ އަސަރު ފެނުމުގެ ކުރިންވެސް އެހެންމީހުންނަށް މިވައިރަހުގެ އަސަރުކުރުން އެކަށީގެންވެއެވެ. މިއިންފެކްޝަން ނުރައްކާތެރިކަމަކަށްވަނީ މިއިންފެކްޝަންގެ އަސަރު މައިމީހާގެ ފަރާތުން ބަނޑުގައި އޮންނަ ދަރިފުޅަކުރުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!