ފުރަތަމަ ފަހަރަށް ސަފީރުން އައްޔަންކުރުމަށްޓަކައި އިންޓަރވިއުކޮށްފި

ފުރަތަމަ ފަހަރަށް ސަފީރުން އައްޔަންކުރުމަށްޓަކައި ބޭފުޅުންނާ މިއަދު އިންޓަރވިއުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއިން، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކާ ނަން ފޮނުއްވާފައިވާ ފަރާތްތަކުގެ ތެރެއިން މިއަދު އިންޓަރވިއުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ 3 ބޭފުޅެއްގެއެވެ.

އެ ބޭފުޅުންނަކީ،
– ޝިރުޒިމަތު ސަމީރު / ބަންގްލަދޭޝް ސަފީރުކަމަށް.
– ފަރުޒާނާ ޒާހިރު / ޕާކިސްތާނު ސަފީރުކަމަށް.
– އާމިނަތު ޝަބީނާ / އެކުވެރި ޢަރަބި އިމާރާތު ސަފީރުކަމަށް.

ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ކޮމިޓީން އެބޭފުޅުންނާއި އިންޓަރވިއުކުރުމަށް ނިންމާފައިވަނީ ރާއްޖެ ތަމްސީލު ކުރާ ފަރާތެއް ބޭރު ގައުމެއްގައި އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުންނަ އިރު، އެމީހާއަކީ އެކަމަށް އެންމެ އެކަށީގެންވާ މީހެއްގެ ގޮތުގައި ބެލުމަށްކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!