ފޮޓޯ: ގޫގުލް

ގެނައި އިސްލާހާއިއެކު އިންސާފުގެ ދިގު ރާސްތާ ކުރުވެއްޖެ: ރިއްފަތު

ޖިނާއީ ޢަދުލުގެ ނިޒާމުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ ގެ ޛަރިއްޔާއިން ޝަރީޢަތް ހިންގަން ފެށުމުން އިންޞާފުގެ ދިގު ރާސްތާ ކުރުވެއްޖެ ކަމުގައި ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާއި ގުޅިގެން ބަންޑާރަ ނައިބު ވިދާޅުވީ މިއީ ޝަރީއަތްތައް އަވަހަށް ހިންގުމަށް ލިބިގެންދިޔަ ވަރަށްބޮޑު ފަސޭހައެއްކަމަށެވެ. މިކަމުގެ ސަބަބުން ޝަރީއަތައް އަވަސްވެ އިންސާފު ޤާއިމްކުރުމުގައި މީގެކުރިން އޮތް ދިގު ރާސްތާ ވަރަށްބޮޑަށް ކުރު ވެގެންދާނެކަމަށެވެ.

 ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއްގެ ސަބަބުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުވުމުގައި ރައްކާތެރިކަން ނެތިއްޖެ ނަމަ އޮންލައިންކޮށް ޝަރީއަތް ކުރިޔަށް ގެންދެވިދާނެ އެވެ. އަދި ޖޯގްރަފީ ގޮތުން ރަށްތަކާއި ސަރަހައްދުތައް އެތުރިފައިވާ ގޮތުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް މޫސުމީ ގޮތުންނާއި ހަރަދުގެ ގޮތުންނާއި ނުވަތަ ޖިނާއީ އަދުލުގެ ނިޒާމު ހިންގުމުގެ އިންތިޒާމުތައް އެ ރަށެއްގައި ނުވަތަ އެ ސަރަހައްދެއްގައި ގާއިމުކުރެވިފައިވާ ގޮތްތަކަށް އެ ވަގުތަކު އޮތް ހުރަސްތަކާއި ގޮންޖެހުންތަކަށް ރިއާޔަތް ކޮށްވެސް އެގޮތައް ޝަރީއަތް ކުރެވިދާނެ ކަމަށް އާ އިސްލާހުން ވަނީ ކަނޑައަޅައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!