ރެކޯޑް އަދަދަކަށް ޔޫރަޕަށް މަސް ބޭރުކޮށްފި

ރާއްޖެއިން ވައިގެ މަގުން އެއް ފްލައިޓެއްގައި ރެކޯޑް އަދަދަކަށް ޔޫރަޕަށް މަސް ބޭރުކޮށްފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މި ކުއާޓަރުގައި އެންމެ ގިނަ ކާގޯ ސިންގަލް ފްލައިޓަކުން ބޭރުކުރި ދުވަހަކީ މީގެ ކުރިން މި މަހުގެ 30 ވަނަ ދުވަހެވެ. އެކަމަކު، އެ ރިކޯޑު މިހާރު ވަނީ މުގުރާލައިފައެވެ.

އެގޮތުން މިފަހަރު ޔޫރަޕަށް އެކަނި އެކްސްޕޯޓުކޮށްފައި ވަނީ، 35.3 ޓަނުގެ ފިނިކުރި މަހާއި، 1.1 ޓަނުގެ ލައިވް ފިޝްއެވެ. މިއާ އެކު ޔޫރަޕަށް ވަނީ ޔޫރަޕަށް އެކަނި ވަނީ 36.4 ޓަނުގެ މަސް ބޭރުކޮށްފައެވެ.

މި ތަކެތި އެކްސްޕޯޓު ކޮށްފައިވަނީ ޔޫރަޕްގެ ހަތް މަންޒިލަކަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!