ރޯވި އަލިފާންގަނޑުގެ 90% ކޮންޓްރޯލް ކުރެވިއްޖެ

ތިލަފުށީގެ “ސެކުއާ ބޭގް” ގުދަނުގައި ރޯވެފައިވާ އަލިފާނޑުގެ 90% ކޮންޓްރޯލް ކުރެވިއްޖެ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:24 ހާއިރު ކަމަށެވެ. އެމްއެންޑީއެފް އިން ވިދާޅުވީ އަލިފާން ރޯވެފައިވާ ގުދަނުގައި ހުރީ ފަސޭހައިން އަލިފާން ރޯވާ ޒާތުގެ ތަކެތި ކަމަށާއި އޭގެތެރޭގައި ދަވާދު ގިނަ އަދަދަކަށް ސްޓޮކް ކޮށްފައި ހުރިކަމަށެވެ.

އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ފުރަަތަމަ ދިޔަ ފަޔާ އެންޑް ރެސްކިއުގެ ޓީމުގެ އިތުރުން އިތުރު ޓީމެއް ވެސް ވަނީ އެ ސަރަހައްދަ ގޮސްފައި ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ. 

އެމްއެންޑީއެފް އިން ބުނީ އަލިފާންގަނޑު ނިންވުމަށް ފޯމް އާއި ފެން ބޭނުން ކުރަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!