އަބްދުﷲ ޝާހިދަކީ ޙާރިޖީ ވަޒީރަކަށް އެންމެ ކުޅަދާނަ އެންމެ ޤާބިލް ބޭފުޅާ: ރައީސް ނަޝީދު

ޙާރިޖީ ވަޒީރު އަބްދުﷲ ޝާހިދަކީ އެ މިނިސްޓްރީއަށް އެންމެ ޤާބިލް އެންމެ ކުޅަދާނަ ބޭފުޅާ ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެވެ.

މިހާރު ކުރިއަށްދާ އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ފޮރިން މިނިސްޓަރ ވާހަކަ ނުދައްކަވާ ޤައުމެއް، ވަޑައިނުގަންނަވާ ފޮރިން އޮފީހެއް، ޕްރައިމް މިނިސްޓަރެއް އަދި ރައީސެއްގެ އޮފީހެއްވެސް ނުހުންނަވާ ކަމަށެވެ. އަދި އެއީ ދިވެހިން ފަޙުރުވެރިވާ ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް ވާހަކަދެކެވޭ، މަޝްވަރާކުރެވޭ. އަޅުގަނޑުމެންގެ ޙާރިޖީ ވަޒީރެއްގެ ގޮތުގައި ޝައްކެއްވެސް ނެތް ގޮތުގައި މިދިވެހިރާއްޖޭގައި މިއަދު އެކަމަށް ހުންނެވި އެންމެ ތަޖުރިބާކާރު އެންމެ ކުޅަދާނަ ބޭފުޅާ” ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ ފޮރިން މިނިސްޓަރ ޝާހިދުއަށް ފަށްފަށުން ޝުކުރު އަދާކުރައްވާފައެވެ.

  1. ރާއްޖޭގެ ރައީސް ކަމަށް ވެސް ޝާހިދު ހަމަ ކަމުދޭ. މޮޅު ކުޅަދާނަ ބޭފުޅެއް.

    1
    1
  2. މަޖިލީހުގެ ރައީސްކަމަށް ވެސް އެންމެ ގާބިލް މީހަކީވެސް ޝާހިދު

    1
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!